ކްރިމިނަލް ކޯޓުން ރިސެސް އަށް ނުދާން ނިންމައިފި އެވެ.
އާންމު އުސޫލެއްގެ ގޮތުން ކޮންމެ އަހަރެއްގެ މެދުތެރެ އާއި ޑިސެންބަރު މަހު ކްރިމިނަލް ކޯޓުން ރިސެސް އަށް ދެ އެވެ. އެކަމަކު މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ކްރިމިނަލް ކޯޓުން ޖާގައިގެ ދަތިކަމާ ހެދި ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން ރިސެސްއަކަށް ނުދެއެވެ.
އެއާ އެކީ މިހާރު ނިންމާފައި ވަނީ އަންނަ މަހު ވެސް ރިސެސްއަށް ނުދިއުމަށެވެ. އެގޮތަށް ނިންމީ ޖާގައިގެ ދަތިކަމުން ކޯޓުގެ މަސައްކަތްތަކަށް ބުރޫ އަރާފައިވުމުގެ ސަބަބުންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ގައި ކްރިމިނަލް ކޯޓުގެ އިމާރާތުގެ އެއްބައި ބޭނުން ނުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންގުމާ ގުޅިގެނ،ް ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމި އެވެ. އެކަމަކު އެ އެތަނުގެ މަސައްކަތް ނިމޭނެ ދުވަހެއް ނޭނގޭތީ މަސައްކަތްތަަކަށް ހުރަސް އެޅޭނެތީ އަންނަ މަހު ވެސް ރިސެސް އަށް ނުދާން ނިންމީ އެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވާ ގޮތުގައި އިމާރާތުގެ ދަތިކަމާ ހެދި ކޯޓުން ތާވަލުކުރާ މައްސަލަތަކުގެ އަދަދު 50 ޕަސެންޓަށް ދަށްވެފައިވެ އެވެ.