ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ރައްކާތެރިކޮށް ދިނުމަކީ ބުރަ އަދި އުނދަގޫ މަސައްކަތެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން އެގޮތަށް ކުރެެއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ހޯމް އާ ހޯމް މިނިސްޓަރު ކެޕްޓަން އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ކެޕްޓަންގެ ރޭންކުގައި 11 އަހަރު ހިދުމަތް ކުރެއްވި މަގާމުގެ ހުވާ ރޭ ކުރެއްވުމަށް ފަހު އިހުސާން ވިދާޅުވީ އެ މަނިކުފާނަކީ ފަސޭހަ މަސައްކަތާއި ހަވާލުވާނެ ބޭފުޅެއް ނޫން ކަމަށާއި ހޯމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ އެކަމުގެ ބުރަ އަދި އުނދަގޫކަން އެނގިވަޑައިގެން ކަމަށެވެ.
އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށާއި އެ މަނިކުފާނާ އެކު އެއް ވާނުގައި މަސައްކަތް ކުރައްވައި ދިވެހިންނަށް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ ރައީސުލް ޖުމްހުރިއްޔާ އަކީ 24 ގަޑިއިރު މަސައްކަތް ކުރައްވާ ބޭފުޅެއް، އަލުގަނޑުމެން މި ތިބެނި ހަމަ އެވާނުގައި ރައީސްގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން، އަޅުގަނޑަށް ވަރަށް ސާފު ހާސިލް ކުރައްވަން ބޭނުންފުޅުވާ ލަނޑުދަޑިތައް ރައީސް ވިދާޅުވެ ދެއްވައިފި،" އިހުސާން ވިދާޅުވި އެވެ. މި މަސައްކަތަކީ އެއްވެސް ހާލެއްގައި ކުޑަ އަދި ފަސޭހަވާނެ މަސައްކަތެއް ނޫންކަން އެނގި ހުރެ އަޅުގަނޑު މި މަސައްކަތާއި ހަވާލުމިވަނީ، ހަމައެއާއި އެކު ފަސޭހަ މަސައްކަތަކީ އަޅުގަނޑު ހަވާލުވާން ބޭނުންވާ މަސައްކަތެއްވެސް ނޫން، އެހެންވީމަ އަޅުގަނޑަށް އެޔަގީންކަން އެބައޮތް ރައީސުލް ޖުމްހުރިއްޔާގެ އެގްސްޕެކްޓޭޝަނާއި އެއްކޮށް އަދި ދިވެހި ރައްޔިތުން އެދޭ ގޮތަށް ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ އަށް އަލުގަނޑަށް ޔަގީންކޮށް ކަށަވަރުކޮށް ޑެލިވަ ކުރެވޭނެކަން".
އެމެރިކާގެ މިލިޓަރީ އެކަޑަމީގައި ޑިފެންސް ސްޓެރެޖެޓިކް ރޮނގުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އިހްސާން ވަނީ ނަންޔަންގް ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން ރޮނގުން މާސްޓާސް ޑިގްރީ ވެސް ހާސިލް ކުރައްވައިފަ އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި، ހެޕީ މާކެޓުގެ ސީއީއޯގެ މަގާމުގައި ހުންނެވި އިހްސާން އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ ތަމުސީލު ކުރެއްވި އިބްރާމްދީދީ (އައިބީ) ހަގު ދަރިކަލުންނެވެ.
އިހްސާނަކީ މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އައްޑު އަށް ނިސްބަތްވާ ހަމައެކަނި ވަޒީރެވެ.