Last Updated: November 30, 11:39
Saturday, November 30, 2024
ޚަބަރު

ގަޑިބުރު ބަދަލުތަކަކާ އެކީ އިފުތިތާހު ކުރަނީ

މާލޭގައި ހުރި ޒަމާންވީ ހާއްސަ ތަނެއް ކަމަށްވާ ގަޑިބުރު ބަދަލުތަކަކާ އެކީ މިރޭ އިފުތިތާހު ކުރަން ނިންމައިފި އެވެ.

އެކަމަށްޓަކައި މިރޭ 8:30 ގައި ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ގަޑިބުރު މިރޭ ބަދަލުތަކާ އެކީ އިފުތިތާހުކުރަން ނިންމި އިރު، އެތަން އަލުން އިމާރާތް ކުރުމުގެ މަސައްކަތްކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރްސީސީ) އިންނެވެ. އެތަން މިހާރު ހަދާފައި ހުރީ އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ގަޑިބުރުގައި ހަތަރު ފަރާތުން ގަޑިތައް ފެންނާނެ ގޮތަށެވެ. އަދި މިއިން ފަސް ވަގުތު ބަންގީގެ އަޑު ވެސް އިވޭނެ އެވެ.

މާފަންނުގައު ހުންނަ ގަޑިބުރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގަޑިބުރު ތަޅާލައި މަރާމާތުކުރި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ފަހުކޮޅު އެތަން ތަޅާލައި މަރާމާތުތަކެއް ކުރި އެވެެ. އޭގެ ފަހުން 2017 ގައި އެތަން ތަޅާލައި މަރާމާތުތަކެއް ކުރި އެވެ.