ހަތަރު މިނިސްޓްރީއަކަށް ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިން ހޯދަން އިއުލާންކޮށްފި އެވެ.
ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ޕީއެސް އިން ހޯދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެގްރިކަލްޗަ މިނިސްޓްރީ އާއި ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ އިތުރުން ޔޫތު މިނިސްޓްރީ އަށް ކަމަށެވެ.
ހޯދަން އިއުލާން ކުރި ޕީއެސް އިންގެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެޕްލިކޭޝަން ފޮމް ސީއެސްސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ޕީއެސްގެ އަސާސީ މުސާރަ އަކީ 20،500.00ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. ލިބޭނެ އެވެ.
ސީއެސްސީން ބުނީ ދެ މިނިސްޓްރީގެ ޕީއެސް އަށް ކުރިމަތިލާ މީހުންގެ މަގާމަށް މީހުން ހޮވަން ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން ކުރިއަށް ގެންދާނީ އަންނަ މަހުގެ 3-21 އަށް ކަމަށެވެ.