Last Updated: November 30, 11:04
Saturday, November 30, 2024
ޚަބަރު

ހަތަރު މިނިސްޓްރީއަކަށް ވަގުތީ ޕީއެސް އިން

އާ ސަރުކާރުގެ ހަތަރު މިނިސްޓްރީއަކަށް ޕާމަނަންޓް ސެކްރެޓަރީ ޕީއެސް) އން ހޯދަން އިއްޔެ އިއުލާން ކުރުމަށް ފަހު އެ މަގާމުތަކަށް ވަގުތީ ބޭފުޅުންތަކެއް އައްޔަންކޮށްފި އެެވެ.

ވަގުތީ ޕީއެސް އިން އައްޔަންކުރީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓްރީއަށާއި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރިއަށާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ އިތުރުން އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ މިިނިސްޓްރީއަށެވެ.

އެ މިނިސްޓްރީތަކަށް އައްޔަންކުރި ވަގުތީ ޕީއެސްއިންނަކީ:

* ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އަށް އިލްޔާސް އަހުމަދު

* ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަށް ފާތިމަތު އަހުމަދު

* ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ އަށް އަހުމަދު ތޮލްހަތު

* އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ އަށް އިސްމާއީލް ރަޝީދު

ހަތަރު މިނިސްޓްރީއަކަށް ވަގުތީ ޕީއެސް އިން އައްޔަންކުރި އިރު، އެ މަގާމުތަކަށް ކުރިމަތިލާން ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އިން ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ. ޕީއެސްއިންގެ މުސާރަ އަކީ 20،500ރ. އެވެ. އަދި ލިވިން އެލަވަންސަށް 15،000ރ. ލިބޭނެ އެވެ.