Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ޕީޖީގެ ވާދައިގެ ތައްޓަށް ސިޓީ ލިޔުމުގެ މުބާރާތެއް

ޕްރޮސެކިއުޓަ ޖެނެރަލްގެ ތައްޓަށް ސިޓީ ލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ޕީޖީ އޮފީހުން ހުޅުވާލައިފި އެވެ.

އެ އޮފީހުގެ ރެކްރިއޭޝަން ކްލަބް، "ކްލަބް 220" އިން އިންތިޒާމުކުރާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން އެ މުބާރާތުގައި ރަޖިސްޓަރީވާން ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv ގައި ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެ އެވެ. އަދި މުބާރާތުގެ ލިންކަކީ online.pgo.mv/siteemubaarai އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ކޮންމެ މީހަކަށް ވެސް ވަކިވަނިން ބައިވެރިވެވޭ ގޮތަށް އޮތް ނަމަވެސް އެ މީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާ އެކީ ރަޖިސްޓަރީވުމުގެ ވެވޭނެ އެވެ. ޕީޖީ އޮފީހުން ބުނީ ވަނަތަކަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު ފަސް ސިޓީގެ މާކްސްއަށް ބަލައިގެންނެވެ. އަދި ފަސް ސިޓީއަށް ވުރެ މަދުން ސިޓީ ހުށަހަޅާ އޮފީސްތަކަށް އޮފީސްތަކުގެ ބައިގައި ވާދައެއް ނުކުރެވޭނެ އެވެ.

މި މުބާރާތުގެ އެއް ވަނަ 3،000ރ. އިނާމު ހުށަހަޅާފައިވާ އިރު، ދެވަނަ އަށް 1،500ރ. އަދި ތިން ވަނަ އަށް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ.

ޕީޖީ އޮފީހުން ބުނީ ސިޓީ ލިޔުމުގެ މުބާރާތުގެ މަގުސަދަކީ ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ ޢިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ ސިޓީ ލިޔުމުގެ ސަގާފަތެއް އުފެއްދުން ކަމަށެވެ.