Last Updated: September 19, 20:48
Thursday, September 19, 2024
ރިޕޯޓް

ހެނދުނު ހޭލާ ގޮތަށް ފެން ބޯން އާދަ ކުރޭ!

ދުވާލެއްގެ މައްޗަށް އިންސާނަކަށް އެންމެ މަދުވެގެން އަށް ތަށި ފެން ބޭނުންވާކަމީ އެންމެން ވެސް ދަންނަ ކަމެވެ.

އެކަމަކު އެގޮތަށް އަމަލު ކުރެވެނީ ކިތައް މީހުންނަށްތޯ އެވެ؟ ފެނާ ނުލައި އިންސާނާ އަށް ދިރިއެއް ނުހުރެވޭނެ އެވެ. އެހެންވެ ކާނާ އަށް ވުރެ ފެނުގެ ބޭނުންތެރިކަން އިންސާނާ އަށް ބޮޑެވެ.

އެހެންވެ ގިނަގިނައިން ފެން ބޯން އަދާ ކުރާށެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ ގިނައިން ފެން ބުއިމަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.

އެގޮތުން ހަޖަމްގެ ބައިތައް ރަނގަޅުވުމާއި ތަފާތު އެކިއެކި ބަލިތަކުން ސަލާމަތްކޮށް ދިނުން ހިމެނެ އެވެ.

މި ދިރާސާ އިން ދައްކާ ގޮތުގައި ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ ފެން ބޯން އާދަކޮށްފި ނަމަ، ގައިގައި ރިއްސުމާއި ނޭވާ ހިއްލުމާއި ކެންސަރު ފަދަ ބަލިތަކުން މީހާ ރައްކާތެރިކޮށްދެ އެވެ.

Drinking-water

ގިނައން ފެެން ބުއިމަކީ ސިއްހަތު ރަނގަޅު ހަމަކަށް ވެސް މަގުފަހިކޮށްދޭ ކަމެވެ. އެގޮތުން ހަން ސާފުވެ، އުޖާލާކަން ގެނެސް ދެ އެވެ.

މީގެ އިތުރުން ލޮލުގެ މައްސަތަކާއި ކިޑްނީގެ ބަލިތަކާއި ޓީބީ އާއި ކަރުގެ މައްސަލަތާއި އާތުރައިޓްސް، މޭނުބައިކުރުން، ބޭރަށް ހިންގުން އަދި ބޮލުގައި ރިއްސުމާއި ކުޑަކަމުން ދިއުން ފަދަ ކަންކަމަށް ގިނައިން ފެން ބުއިމަކީ ކަށަވަރު ފަރުވާއެކެވެ.

ގިނައިން ފެން ބުއިމަކީ ހަކަތަ ވެސް އިތުރުކޮށްދޭ ކަމެކެވެ. އެހެންވެ މީހާގެ ހަރަކާތްތެރިކަން އިތުރުކޮށްދީ، ކުރާ މަސައްކަތްތައް ވަރުބަލި ކަމެއް ނެތި ކާމިޔާބުކަމާ އެކު ނިންމާލުމަށް ފުރުސަތު ފަހިކޮށްދެ އެވެ. ހަމަ މިއާ އެކު މިއީ ބަރުދަން ލުއި ކުރަން ވެސް އޮތް ހައްލެކެވެ.

HKJJH (3)

ތިމާގެ ބަރުދަނާ ދޭތެރޭ ފިކުރު ބޮޑުވާ ނަމަ، ހެނދުނު ހެނދުނާ ފެން ވީހާ ވެސް ގިނައިން ފެން ބޯން އާދަ ނުކޮށް ދޫކޮށްލައިގެން ނުވާނެ އެވެ.

އެހެންވެ ގިނަގިނައިން ފެން ބޯން އާދަކުރާށެވެ. ހާއްސަކޮށް ހެނދުނު ހޭލާ ގޮތަށް ގިނައިން ފެން ބޯން އަދާ ކުރާށެވެ.

HKJJH (1)

މިއީ ދިރިއުޅުގެ އާދަކަށް ހަދައިފި ނަމަ، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދީ، އުފާވެރިކަން ގެނެސް ދޭނެ އެވެ.

ނޯޓް: މިއީ އޮގަނިކްމެޑިކްގައި ލިޔެފައިވާ އާޓިކަަލްއެއްގެ ތަރުޖަމާއެކެވެ.