Last Updated: November 30, 11:04
Saturday, November 30, 2024
ޚަބަރު

ގެއްލުނު ކުޅުދުއްފުށީ މީހާގެ ޚަބަރެއްވެއްޖެ!

މި މަހުގެ ކުރީކޮޅު ގެއްލުނު ކުޅުދުއްފުށީ މީހާގެ ޚަބަރެއްވެފައިވާ ކަމަށް އޭނަގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނެފި އެވެ.

މި މަހުގެ 2 ގެ ފަހުން ވީނުވީއެއް ނޭނގިގެން ގެއްލިގެން މި މަހުގެ 3 ގައި ފުލުހުންނަށް އާއިލާ އިން ރިޕޯޓްކުރުމުން ހޯދަން ފެށީ ކުޅުދުއްފުށީ ލަންދޫގެ އަބްދުﷲ އިބްރާހީމް، 39، އެވެ.

ފުލުހުން އިއްޔެ ބުނީ އޭނަ ހުރީ މާލޭގައި ކަމަށާއި ހާލު ރަނގަޅުކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު އާއިލާ އަށް ގުޅައި އެ ވާހަކަ ހިއްސާކުރި ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އަބްދުﷲ އަށް ވީނުވީ ގޮތާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.