ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރަން ހުށަހެޅި މައްސަލައާ ގުޅިގެން އޭނަ އަށް އެކަމުގެ ނޯޓިސް ފޮނުވައިފި އެވެ.
އީވާ ވަކިކުރަން 50 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައި ގަނެ، އީވާ އަށް 14 ދުވަހުގެ ނޯޓިސް ފޮނުވީ މިދިޔަ ބުރާސްފަތީގަ އެވެ. އީވާ ވަކިކުރީ އެމްޑީޕީގެ އެމްޑީޕީގެ 49 މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މި މަހުގެ 13 ގަ އެވެ. މިއީ އޭނަ ވަކިކުރުމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ. ކުރިން ހުށަހެޅި މައްސަލަ އަނބުރާ ނެގީ ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގަ އެވެ.
މިހާރު ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ހުށަހެޅި އިރު، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަނީ އަމިއްލަ އިސްތިއުފާ ދެއްވައިފަ އެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެ މައްސަލާގައި އެޖެންޑާކުރި ޖަލްސާތައް ނުބޭއްވި މަޖިލީހުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައި ވަނިކޮށެވެ.
މިހާރު މަޖިލީހުގެ ރައީސަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލެމެވެ.