ސްޓާ ޕްލަސް އިން މިރޭ މުޅިން އާ ސިލްސިލާއެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
މިރޭ ރާއްޖެ ގަޑިން 10:00 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސިލްސިލާގެ ނަމަކީ "ޖަނަކް" އެވެ. މީގެ ޕްރޮމޯތަކެއް ވެސް ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ އިރު، މިއީ ބެލުންތެރިން ޝައުގުވެރިކާ ކަހަލަ ހާދިސާތަކެއް ކިޔައިދޭނެ އެއްޗެއް ކަމަށް ޕްރޮމޯތަކުން ދައްކުވައިދެ އެވެ.
"ޖަނަކް" ގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ ހީބާ ނަވާބާއި ކްރުޝަލް އަހޫޖާގެ އިތުރުން ޗާންދުނީ ޝަރުމާ އެވެ.
މި ސިލްސިލާގެ މައިގަނޑު ޕްލޮޓް އެނބުރޭނީ ކަޝްމީރުގެ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއްގެ މަންމަ މަރުވުމާ ގުޅިގެން އޭނަގެ ހަޔާތް ފުރޮޅިގެންދާ ގޮތެވެ.
ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ދާދި ފަހުން ފެށި "ބާތޭ…ކުޗް އަންކަހީ ސީ" އާއި "އަނޫޕަމާ" ގެ އިތުރުން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ފާހަގަކޮށްލެވެ އެވެ.