މިހާރުގެ ސަރުކާރުން 2025 އިން ފެށިގެން ދިރާސީ އަހަރު ފެށުން ޖެނުއަރީ އަށް ބަދަލުކުރަން ވިސްނާ ކަމަށް ބުނެފައިވާތީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެކަމާ ގުޅުވައިގެން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މީގެ އަހަރުތަކެއް ކުރިން އޮތް ގޮތަށް ދީރާސީ އަހަރު ފެށުން ޖެނުއަރީ އަށް ބަދަލުކުރުމުގެ ވާހަކަ އާ މިނިސްޓަރު ހިއްސާކުުރައްވާފައި ވަނީ އާދީއްތަ ދުވަހު ސްކޫލްގެ ޕްރިންސިޕަލުންތަކަކާ ބައްދަލު ކުރައްވަ އެވެ. އެ ބައްދަލުވުމުގައި ޕްރިންސިޕަލުންތަކެއް ވަނީ ކުރީގެ ސަރުކާރުން ދިރާސީ އަހަރު ފެށުން އަހަރުގެ މެދުތެރެއަށް ބަދަލުކުރީ އެކަށީގެންވާ ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ.
އެކަމާ ގުޅިގެން ކުރީގެ މިނިސްޓަރު ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިރާސީ އަހަރު ފެށުން ބަދަލުކުރަން ނިންމީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ ޢާއިލާތަކުގެ އެދުމުގެ މަތިން އެކަމަށް ދިރާސާއެއް ވެސް ހެދުމަށް ފަހު ކަމަށެވެ.
"ގިނަ ފަރާތްތަކަކުން އެކަމަށް ބޭނުން ވެސްވި އެވެ. ނަމަވެސް ދިރާސީ އަހަރާ ކުޅުމުން ދަރިވަރުންގެ ކިޔެވުމަށް ކޮށްފާނެ އަސަރަކަށްޓަކައި އެކަން މަޑުޖައްސާލައިގެން ތިއްބާ ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު ދިރާސީ އަހަރު ދިގު ދަންމާލަން މަޖްބޫރުވ،އެވެ. އަދި އަޅުގަނޑުމެނަށް ދިރާސީ އަހަރަށް ބަދަލު ގެނައުމުގެ ފުރުސަތު ފަހިވި." އައިޝަތު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ދިރާސީ އަހަރަށް ގެނެވޭ ކޮންމެ ބަދަލަކީ ދަރިވަރުންގެ މުޅި ޙަޔާތަށް އޭގެ އަސަރު ކުރާނޭ ބަދަލެެއް ކަމަށެވެ.
"އަޅުގަނޑު ކިޔެވި ފޮތްތަކުންނާއި އަޅުގަނޑަށް ކިޔަވާދެއްވި ދާރިސުންގެ އަރިހުންނާއި ތަޢުލީމީ ދާއިރާއިން ލިބުނު ތަޖުރިބާއިން ދަސްވި އެކައްޗަކީ ދަރިވަރުން މަންހަޖް އުނގެނެން ހޭދަކުރާ ވަގުތު ކުރުކުރުމަކީ ހެޔޮވާނެ ކަމެއް ނޫންކަން." އައިޝަތު ވިދާޅުވި އެވެ. "މި ވާހަކަ މި ދަންނަވާލީ ދިރާސީ އަހަރު ކުރުކުރާން އުޅޭ ކަހަލަ އަޑުތަކެއް އިވިގެން އެކަމާ ކަންބޮޑުވީލެން ބޮޑުކަމުން."
އަެނަ ވިދާޚުވީ ދިރާސީ އަހަރެއް ކުރު ކުރާ ނަމަ "ކަރިކިއުލަމް ޓައިމް" ކުދީންނަށް ނުގެއްލޭނެ ގޮތެއް ހޯދައި ދޭން ވެސް ޖެހޭނެ ކަމަށެވެ. އަދި އޯ ލެވެލް ހަދާ ދަރިވަންނަށް މިހާރު ވެސް ދެ އަހަރުން ނުނިންމޭ ކަމަށް ބުނާ މުޤައްރަރު ނިންމޭނެ ގޮތެއް ހޯދައި ދޭން ވެސް ޖެހޭނެ ކަމަށް ވިދާޅުވި އެވެެ.
"އޭއެސް ލެވެލް އާއި އޭޓޫ ލެވެލްގެ އިމްތިހާނުތަކުގައި އެއް އަހަރު ކިޔެވުމަ ށްފަހު ބައިވެރިވާ ކުދިންނަށް ސްޓްރެސް ފްރީކޮށް ކިޔަވާ އިމްތިހާނުގައި ބައިވެރި ވެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެ. އުފެދޭ ސުވާލަކީ އެ މޮޅު ދިރާސާތަކުން މިކަމަށް ފޯމިއުލާއެއް ހޯދި ދާނެބާއޭ." އައިޝަތު ވިދާޅުވި އެވެ.
ކުރީގެ މިނިސްޓަރު ވަނީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑްގެ އާލަމީ ވަބާގެ މަތިންނާއި އެކަމާ ގުޅިގެން ގިނަ ދުވަސްތަކަކަށް ސްކޫލްތައް ބަންދުކުރަން ޖެހުނުކަމާއި އޭގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް އައި ހީނަރުކަމާއި އެ ކުދިންގެ އިޖްތިމާޢީ ތަރައްޤީ އާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރި އަސަރުގެ ވާހަކަ ވެސް ހިއްސާކުރައްވައިފަ އެވެ.
"ދަރިވަރުންނަށް ލިބުނު ގެއްލުންތައް ފޫބައްދަން 2020 ވަނަ އަހަރު ކުރި މަސައްކަތްތައް ވެސް އަޅުގަނޑު ހަނދާން އެބަހުރި. ޓެވެ. މިކަމުގައި އަޅުގަނޑާއި އެކު ބައިވެރިވީ ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ވެސް މި ކަންކަން ހަނދާން ނެތޭހާ ގިނަ ދުވަހެއް އަދި ނުވޭ. އިސްވެ ދެންނެވި ސަބަބުތަކާ ހުރެ 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދޮޅު އަހަރަށް ދިގު ދައްމާލަން މަޖްބޫރުވި،" އައިޝަތު ވިދާޅުވި އެވެ. "މޮޅެތި ދިރާސާވެރިންނަށް އަދި މިކަމާ ގުޅިގެން ދިރާސާ ހެދިފައި ނެތަތީވެ އެ ދުވަސްވަރުގެ ކަންކަން ނޭނގި ދާނެ. ނަމަވެސް ދަރިވަރުންގެ އުނގެނުމަށް ކުރި އަސަރު ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެކަންކަން އެނގޭ. އެވެ. ތެދު ހައްދަވަނީ ނަމަ މިކަމުގެ އަސަރުތައް ތަޖުރިބާ ކުރި އެހެން ބޭބޭފުޅުންނަށް ވެސް މިއީ ދޮގެކޭ ބުނާކަށް ނުކެރޭނެ."
ދިރާސީ އަހަރު ފެށުން އަހަރުގެ މެދުތެރެއަށް ބަދަލުކުރުމުން ފެންމަތިވި އެންމެ ބޮޑު ޝަކުވާ އަކީ ބޮޑު ޗުއްޓީގެ ބޭނުން އެންމެ އެދެވޭ ގޮތަށް ނުހިފޭކަމުގެ ޝަކުވާ އެވެ.