ސުޕްރީމް ކޯޓު އަންނަ މަހު ރިސެސް އަށް ދާން ނިންމައިފި އެވެ.
އެ ކޯޓުން މިއަދު ބުނީ މި މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، އަންނަ ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގައި މަތީ މަރުހަލާގެ ކޯޓުތައް ރިސެސް އަށް ދެއެވެ. ނަމަވެސް އެ މުއްދަތުގައި އާންމު އުސޫލުން ކޯޓުގައި ހިންގާ ގިނަ ޝަރީޢަތްތައް ނުބޭއްވިޔަސް އަވަހަށް ނިންމަން ޖެހޭ ޝަރީޢަތްތަކާއި އަމުރުތައް ނެރުމުގެ މަސައްކަތާއި ކޯޓުތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދެ އެވެ.
ކޮންމެ އަހަރަކު ވެސް ކޯޓުތަކުން ރިސެސްގެ ގޮތުގައި 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ. އަ އަހަރަކު ދެ ފަހަރު ކޯޓުތައް ރިސެސް އަށް ދެ އެވެ.