އާ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު ޓަކުޗީ މިޑޯރީއާ ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޖަޕާން ސަފީރާ ބައްދަލުވުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފާފުޅެއް ކަަމަށެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް ޖަޕާންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.
I had the pleasure of meeting with H.E. Takeuchi Midori, the Ambassador of Japan to #Maldives, and review our longstanding partnership that has immensely contributed to the development of our nation.
We are committed to strengthening the excellent 🇲🇻-🇯🇵 relationship.… pic.twitter.com/aRuAVPcaZV
— Moosa Zameer (@MoosaZameer) November 23, 2023
ޒަމީރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ޖަޕާނާ އެކީ ރާއްޖެ އޮތް ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތް ކުރައްވާނެ އެވެ.
ޖަޕާނަކީ އެކި ގޮތްގޮތުން ރާއްޖެ އަށް ވަރަށް ބޮޑަށް އެހީވާ، ރާއްޖެއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ.
މިނިސްޓަރު ޒަމީރު އިއްޔެ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނު މުހާވަރާ ވެސް ބައްދަލުކުރެއްވި އެވެ.