ޕީޕީއެމް އޮތީ ރައީސް މުއިއްޒާ އެކީ ކަމަށް އެ ޕާޓީގެ ލީޑަޝިޕްގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒާ ދެކޮޅަށް މަސައްކަތް ފައްޓަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެ މަނިކުފާނަށް ވާގިދޭ ބަޔަކު ޕީޕީއެމްގެ ތެރެއިން މަސައްކަތް ފެށުމުން ފިޔަވަޅު ވެސް އަޅަން ފެށުމުން ޔާމީން ވަނީ ޕާޓީ ދޫކޮށްލައްވައި، އެ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ވެސް ފައްޓަވައިފަ އެވެ.
އެކަމާ ގުޅުވައި ގައްސާން އާންމުކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް އޮތީ ސަރުކާރުގެ ހިމާޔަތުގައި އަތާއިއަތް ގުޅާލައި ތިއްބެވީ ރައީސއް ޑރ. މުއިއްޒާ އެކީގައި ކުރިއަށް ދާން ކަމަށެވެ. ގައްއްސާން ވަނީ ގައުމަށް ހެޔޮ އެދޭ އެންމެހައި ދިވެހިން މުޢިއްޒާ އެކީ ކުރިއަށް ދިއުމަށް ވެސް ގޮވާލައްވައިފަ އެވެ.
"މިތިބީ ސަފުތަކުގައި ކެރުމާއި އިޙުލާސްތެރިކަމާއި އެކި ސާބިތުވެ ހުރެ، ޤައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ރައްޔިތުން ދިވެހިނަށް ރައީސް މުޢިއްޒު އާއި އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލަން." ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން ވިދާޅުވި އެވެ.
މުއިއްޒުގެ ސަރުކާރަށް ހަފުތާއެއްހާވީތަނާ ޔާމީން މުއިއްޒާ ދެކޮޅަށް ނުކުންނަވާފައި ވަނީ ބޭވާފާތެރިވި ކަމަށް ވިދާޅުވެ އެވެ.
ޔާމީނާއި އެ މަނިކުފާނުގެ ޓީމުން މިހާރު މަސައްކަތް ކުރަން ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި މާދަމާ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށެވެ.
ޕީޕީއެމް ދޫކޮށްލައްވަން ޔާމީން ނިންމެވި އިރު، އެއީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. އަދި ޕީޕީއެމަކީ މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކޯލިޝަން ބައިވެރިޔާ އެވެ.