Last Updated: November 24, 17:05
Sunday, November 24, 2024
ޚަބަރު

އައްދު އަށް މަރުގެ އިންޒާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މިއަދު އެމްޑީޕީން ހުޅުމީދޫގައި ބޭއްވި ވެހިކަލް ބުރެއްގައި އުޅުއްވަނިކޮށް ގުޅާފައި މަރުގެ އިންޒާރު ދީފައިވާ ކަމަށް ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ދެ ފަހަރެއްގެ މަތިން ގުޅާފައި މަރުގެ އިންޒާރު ދިން ކަމަށެވެ.

އައްދު ވިދާޅުވީ އޭނާ އަށް ގުޅި ނަމްބަރުން "ވަރުގަދަ އެއްޗެއް ބޮލުގައި އަޅުވާފައި ޖަލަށް ލާނެ" ކަމަށް ބުނެ ވެސް އިންޒާރު ދިން ކަމަށެވެ. އޭނާ އަށް ގުޅައި އިންޒާރު ދިނީ 94768358449 ނަމްބަރުންނެވެ.

HHK

އައްދު ވިދާޅުވީ ބިރު ދައްކައި އިންޒާރު ދިނަސް މައްސަލައެއް ނެތް ކަމަށާއި ނަޝީދު ދޫކޮށްލަން ގޮވައިލާ ގޮވައިލުން ހުއްޓައިނުލައްވާނެ ކަމަށެވެ.