ކޮޕީރައިޓާ އެއާގުޅޭ އެހެނިހެން ގާނޫނުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ކޮޕީރައިޓްހެ ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ކޮޕީރައިޓާ ގުޅޭ ހައްގުތައް ހިމާޔަތްކޮށްދީ، ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކުރުމަށްޓަކައި ކަމަށެވެ.
އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ މަގުޗާޓުގައި ވެސް އެކަން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
(23/2010)ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް ގެނައުމަށް ބޭނުންފުޅުވާ އެއްވެސް އިޞްލާޙެއް ނުވަތަ ޤާނޫނާ ގުޅޭގޮތުން ޚިޔާލެއްވާނަމަ، މި މިނިސްޓްރީއަށް ހުށަހެޅުއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. https://t.co/MuYn2Nz88I pic.twitter.com/AGFwdXIOYb
— Ministry of Economic Development and Trade (@MoEDmv) November 26, 2023
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އެކަމަށް އާންމުންގެ އެއްވެސް ހިޔާލެއް ދޭން އޮތް ނަމަ އެކަމަށް ފުރުސަތު ހުޅުވައިލީ ކަމަށް ބުންޏެވެ. އެ ފުރުސަތު ހުޅުވައިލީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.