Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ނައިބު މިނިސްޓަރު ކަމަށް 26 ބޭފުޅަކު އައްޔަނުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ސަރުކާރުގެ ވުޒާރާތަކަށް ނައިބު މިނިސްޓަރުންތަކެއް އައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާގޮތުގައި މިނިސްޓަރުންގެ ނައިބުގެ މަގާމަށް 26 ބޭފުޅަކު ވަނީ އައްޔަނު ކުރައްވާފައެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަގާމަށް އައްޔަނު ކޮށްފައިވާ ފަރާތްތަކަކީ ޞާލިޙް ޙުސައިން، ޢާއިޝަތު ޝަހުދާ ޢަބްދުﷲ، މުޙައްމަދު ޢައިޝް އަދި އަޙްމަދު ސާލިމް ސަޢީދުއެވެ. މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އިބްރާހީމް ޔޫސުފްފުޅު އަދި މުޙައްމަދު ޔާމީން އަޙްމަދުއެވެ. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ އަޙްމަދު ޝާފިޢު އަދި ޙައްމާދު ޢަބްދުލްކަރީމްއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ ޙައްވާ ލަޠީފް އަދި ހިސާން ޢަލީ އަޙްސަންއެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ ސުލްޠާން ރާމިޒްއެވެ. މިނިސްޓަރ އޮފް ފިނޭންސްގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ އަޙްމަދު ސާއިދު މުޞްތަފާއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ ޙައްސާނު ޙަމީދު، މުޙައްމަދު ރިޝްމީ އަދި އަޙްމަދު ޢާލީއެވެ. މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ ޙުސައިން ޝިފާޒް، ޢާއިޝަތު ނާޡިމާ، ފާޠިމަތު ފަޒުލާ ރަޝީދު އަދި އާމިނަތު ޝަޖަންއެވެ. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ މަލްޝާ ޝަރީފްއެވެ.

މީގެއިތުރުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ މުޙައްމަދު ޢިމްރާން ޙަސަން އަދި ފާޠިމަތު އިފާޝާއެވެ. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބު މިނިސްޓަރު ކަމަށް ކަނޑައަޅާފައިވަނީ އާމިނަތު ނަދާ މުޙައްމަދު އަދި ޛޫޝާން ކަމާލުއްދީންއެވެ. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބު މިނިސްޓަރު ކަމަށް މުޙައްމަދު ޢަވާދު އަޔާޟު އައްޔަނު ކޮށްފައިވާއިރު މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބުގެ މަގާމަށް ޙައްސާނު މުޙައްމަދު ވަނީ އައްޔަނުކޮށްފައެވެ.