Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ

ސްޓޭލްކޯ އެމްޑީ ހުސައިން ފަހުމީ- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސ. ހިތަދޫ، އަސަރީގެ ހުސައިން ފަހުމީ އައްޔަނު ކުރައްވައިފިއެވެ.

ފަހުމީ މީގެކުރިން ހުންނެވީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުންގެންދަވާ ފަހުމީ ވަނީ ސްޓެލްކޯގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އެގޮތުން ޕްރޮކިއުމަންޓް ޑީޕާޓްމަންޓްގެ އެޗް.އޯ.ޑީގެ މަގާމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް، ކަސްޓަމާ ސާވިސް އަދި ސްޓެލްކޯ ފެންގެ އެކި މަގާމުތައް ފުރުއްވާފައިވެއެވެ.

ސްޓެލްކޯއަށް 25 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ އައްޔަނު ކުރައްވާފައިވާއިރު، އެންމެ ފަހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އަހުމަދު ޝަރީފެވެ.