Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

އެސްޓީއޯގެ އާ އެމްޑީ އަކީ ޝިމާދު

ސަަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ޝިމާދު އިބްރާހިމް އައްޔަންކޮށްފި އެވެ.

އެ މަގާމަށް އޭނަ އައްޔަންކުރި އިރު ހުންނެވީ އެސްޓީއޯގެ ބޯޑް މެންބަރެއްގެ ގޮތުގަ އެވެ. ޝިމާދަކީ އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަދި ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެސްޓީއޯގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވީ އަބްދުﷲ ސައީދެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ ކުރިން އެމްޑީއަކަށް ހުންނެވި ހުސައިން އަމްރު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަކިކުރެއްވުމަށް ފަހު އެވެ.