Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އީވާ ވަކިކުރުމުގެ ޖަލްސާ އާދީއްތަ ދުވަހު

ނައިބުރައީސް އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

50 މެންބަރުންގެ ސޮޔާއެކު އީވާ ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މައްސަލައިގެ ނޯޓިސް އީވާއަށް ފޮނުވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގައި ޖަވާބު ދާރީވުމަށް އީވާއަށް 30 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ.

އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މި މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ އޭނަ ވަކިކުރުމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ. ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައެވެ.