Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ޕީއެސްއެމްގެ ނިއުސްހެޑް މަގާމުން ދުރުކޮށްފި

ޕީއެސްއެމްގެ ޓީވީ ޗެނަލްތައް ހިންގާ އިމާރާތް ޓީވީ ބިލްޑިންގ -- ފޮޓޯ / މިހާރު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ނިއުސްރޫމްގެ ނިއުސްހެޑް މުހައްމަދު އަފްޒަލް މަގާމުން ދުރުކޮށްފިއެވެ.

ޕީއެސްއެމްގެ އާ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މަގާމަށް އައްޔަނު ކުރެއްވުމުން އިއްޔެ ފުރަތަމަ އޮފީހަށް ނުކުންނަވާ މެމޯއެއް ފޮނުއްވާ ވަނީ ނިއުސްހެޑް މަގާމުން ދުރުކުރައްވާފައެވެ.

މިހާރު ޕީއެސްއެމްގެ ނިއުސްރޫމް ހިންގުން ހަވާލުކުރައްވާފައިވަނީ ސީނިއާ ނޫސްވެރިޔާ ހުސެއިން އަމީންއާއެވެ. އަދި ނިއުސްރޫމް ހިންގުމަށް އަމީންއަށް އެހީތެރިވެދިނުމަށް ކަނޑައަޅާފައިވަނީ ސީނިއާ އެޑިޓަރު އަހްމަދު ޖަދުއާން އަދި މުހައްމަދު ޖިނާހެވެ.

ނިއުސްހެޑްގެ މަގާމުން ދުރުކުރި އަފްޒަލްއަކީ ގިނަ ދުވަސްތަކެއް ވަންދެން ޕީއެސްއެމްގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. ޕީއެސްއެމްގެ އާ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުގެ މެމޯގައި ވާގޮތުން އަފްޒަލް ދެން ކުރައްވާނީ މެނޭޖިން ޑިރެކްޓަރު އަންގަވާ މަސައްކަތްތައް އެކަންޏެވެ.