ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
ޕީއެންއެފް އުފެއްދުވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ.
Huhdha libijje. Masahkaiy feshunee. pic.twitter.com/2Ymsy4ZRVQ
— Mohamed Maleeh Jamal (@maleehjamal) November 29, 2023
ޕީއެންއެފް އުދެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) ގައި އެދުނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ޕީއެންއެފްގެ މުއައްސަސަކީ ޔާމީންގެ ދަރިކަލުން ޒެއިން ޔާމީނެވެ. މި ޕާޓީގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަދި ރައީސް ޔާމީނަށް ވަފާތެރި އެކި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.