Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ޑިމޮކްރެޓްސްގެ ރައީސްގެ ކެމްޕޭން ފޯރީގައި

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުން ކެމްޕޭން ހަރަކާތްތައް ފޯރީގައި ކުރިއަށް ގެންދަމުންއެބަދެއެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރައްވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ދެ ބޭފުޅުންވެސް ކެމްޕޭން ހަރަކާތްތައް ފޯރީގައި ކުރިއަށްގެންދަމުންދާއިރު، ހަސަން މިވަގުތު އަންނަނީ ކުޅުދުއްފުށީގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ. އަދި މާލޭގައި ވެސް ކެމްޕޭން ޖަލްސާ ކުރިއަށް ގެންގޮސް، ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ހަސަންގެ ކެމްޕޭންގެ ހަރަކާތްތަކުގައި އޭނާއަށް ތާއީދުކުރައްވާ ޑިމޮކްރެޓްސްގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ފަރާތްތައް އަންނަނީ ބައިވެރިވަމުންނެވެ.

މީގެއިތުރުން އަމްރުވެސް އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރައްވާ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން މި ދަތުރުތަކުގައި އަމްރުގެ ސިޔާސަތުތައް ކިޔައިދީ ދޮރުން ދޮރަށް ހިނގާ ކެމްޕޭން އެކި ހަރަކާތްތައް އަންނަނީ ކުރިއަށްގެންދަމުންނެވެ.

އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 2 ގައެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުެގ 15 އާ ހަމައަށް ހޮޅުވާލާފައި އޮތްއިރު، ބައެއް މަގާމުތަކަށް ވަނީ އިންތިހާބަކާ ނުލާ ބޭފުޅުން އައްޔަނު ކުރެވިފައެވެ.