ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ކުރީގެ މަޖިލިސް މެންބަރު ޝިފާޤް މުފީދު (ހިސްޓޯ އެސްޖީ ކަމުން އިސްތިއުފާ ދެއްވައި އެޕާޓީން ވަކިވެވަޑައިގަންނަވައިފިއެވެ.
ޝީފާޤް ވެރިކަން ކުރާ ޕީއެންސީގެ އެސްޖީކަމުން އިސްތިއުފާ ދެއްވާ، އެ ޕާޓީގެ ރައީސް އަދި ރައީސްލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީގައި ވިދާޅުވީ، މިހާރު ޕީއެންސީ ހިންގާ މަގަކީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީގެ އޮފީސްތެރެއިން އަޑަފި ހިއްޕަވައިގެން ނިކުމެ، ޕްރޮގްރެސިވް ކޯލިޝަންގެ އެންމެންގެ މޫނަށް "ހައްޕުންޑު" ބުރުުވުމުގެ ނޭއްގާނީ އުސޫލު ކަމަށެވެ. އޭނާ އިޝާރާތް ކުރައްވާފައިވަނީ ޕާޓީގެ ޗެއަރ ޕާސަން އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) އަށް ކަމަށް ބެލެވެއެވެ.
ޝީފާޤް އިތުރަށް ވިދާޅުވީ މިފަދަ ހާލަތެއްގައިވެސް މެންބަރުންގެ މޫނުމަތިން "މާލީސް" ކޮށްގެންވެސް ދިވެހިންގެރާއްޖެ ދިވެހިން އޭދޭ މަގަށް ނުގެންދެވޭނެތީ ޕާޓީގެ މެންބަރު ކަމާއި އެސްޖީ ކަމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީން އިސްތިއުފާ ދިނުމަށް ފަހު އޭނާ ގުޅިވަޑައިގަންނަވަނީ ރައީސް ޔާމީންގެ އައު ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓާއެވެ.
ޝޝިފާޤް ޕީއެންސީގެ އެސްޖީގެ މަޤާމަށް އައްޔަން ކުރީ މިދިޔަ އަހަރު ޖޫން މަހުއެވެ. އޭގެ ކުރިން އޭނާ އަކީ ފުވައްމުލަކު މެދު ދައިރާގެ މެންބަރުކަން ކުރައްވާފައިވާ ފަރާތެކެވެ. އޭގެ ފަހުން ހިއުމަން ރައިޓް ކޮމިޝަނުގެ ނައިބް ރައީސްކަންވެސް އޭނާ ކުރައްވާފައިވާއިރު، ރައީސް ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ އަދާ ކުރެއްވިއެވެ.