Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

ޓޫރިޒަމް ދާއިރާގެ މުޅިން އާ ކޯހެއް ފަށަނީ

ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން ގައުމީ ޔުނިވަސިޓީން މުޅިން އާ ކޯހެއް ފަށަން ނިންމައފި އެވެ.

އަންނަ އަހަރުގެ ފުރަތަމަ ޓާމްގައި ފަށަން ހަމަޖެހިފައިވާ މި ކޯހަކީ "ޕްރޮފެޝަނަލް ސެޓިފިކެޓް އިން ހޮސްޕިޓާލިޓި އެންޑް ޓޫރިޒަމް ލީޑަޝިޕް" އެވެ. ޔުނިވަސިޓީން ބުނީ މި ކޯހަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ސްޕަވައިޒް ލެވެލް އާއި މެނޭޖްމަންޓް ލެވެލްއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ހަ މަސް ދުވަހުހެ ކޯހެއް ކަމަށެވެ.

މި މުޅިން އަލަށް ފަށާ ކޯހަކަށްވާތީ، ކޯހާ ގުޅޭ ގޮތުން އާންމުންނަށް އިތުރު މައުލޫމާތު ދިނުމުގެ ގޮތުން އޮންލައިން ވެބިނާއެއް ބާއްވަން ވެސް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މި ވެބިނާ އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ.