Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

އެސްޓީއޯގެ ތިން ސަބްސިޑަރީއަކަށް އެމްޑީން

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ ތިން ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސައިފި އެވެ.

އެ ތިން ކުންފުންޏަކީ މިފްކޯ އާއި އެފްސްއެމްގެ އިތުރުން މޯލްޑިވްސް ގޭސް އެވެ.

މިފްކޯގެ އެމްޑީއަކަށް އަހުމަދު ޝަމާހް ރަޝީދު އައްޔަންކުރި އިރު، އެފްއެސްއެމްގެ އެމްޑީއަކަށް އައްޔަންކުރީ އިސްމާއީލް ސުހައިލެވެ. އަދި މޯލްޑިވްސް ގޭސްގެ އެމްޑީއަކަށް ހަމަޖެއްސީ އަބްދުﷲ މުހައްމަދު މަދަނީ (އަބްދުﷲ) އެވެ.

އެސްޓީއޯ އިން ވަނީ ތިން ކުންފުނީގެ އާ ވެރިންނަށް މަރުހަބާ ކިޔައި، އެންމެ ފަހުން ތިން ކުންފުނީގައި އެމްޑީކަން ކުރެއްވި ބޭފުޅުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

އެސްޓީއޯގެ އާ އެމްޑީ އަކީ ޝިމާދު އިބްރާހީމެވެ.