Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ފުރާވަރުގެ ކުދިންނަށް ސްކޮލަޝިޕްތަކެއް

ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން ޔުނައިޓެޑް ވޯލްޑް ކޮލެޖަސް (ޔޫޑަބްލިއުސީ) މޯލްޑިވްސް ނެޝަނަލް ކޮމެޓީން ސްކޮލަޝިޕްތަކަށް ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕް ފުރުސަތުތައް ހުޅުވާލީ އުމުރުން 15-17 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ސްކޮލަޝިޕްތަކުގެ ދަށުން ޓިއުޝަން ފީ، ބޯޑިން އަދި އިންޝުއަރެންސް ހަމަޖައްސައި ދޭނީ ޔޫޑަބްލިއުސީންނެވެ. މީގެ އިތުރުން އެ ހަރަދުތަކުގެ އިތުރަށް ހާއްސަ ހާލަތްތަކުގައި ޕޮކެޓް މަނީ، ދަތުރާއި ޓިކެޓު އަދި ވިސާގެ ހަރަދު ވެސް ހަމަޖައްސައިދޭނެ އެވެ.

ސްކޮލަޝިޕްތަކަށް ޔޫޑަބްލިއުސީގެ ވެބްސައިޓް mv.uwc.org މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ. އެންމެ ފަހު ސުންގަޑި އަކީ އސަންނަ މަހުގެ 15 އެވެ. ފޯމު ހުށަހެޅޭނެ؛

ޔޫޑަބްލިއުސީން ބުނީ އެޕްލިކޭޝަންތައް ވަޒަންކުރުމަށް ފަހު ޝޯޓްލިސްޓު ކުރާ ދަރިވަރުންްނަށް ދެ ދުވަހުގެ ސިލެކްޝަން ކޭމްޕަކަށް ދައުވަތު ދޭނެ ކަމަށެވެ.

ޔޫޑަބްލިއުސީ ޕްރޮގްރާމް ރާއްޖޭގައި ފެށީ 2001 ގަ އެވެ.