ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަންކޮށްފި އެވެ.
އެކަމާ ގުޅިގެން ނަޝީދު ވަނީ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. ސީވީއެފްގެ އެސްޖީގެ މަގާމަށް އައްޔަންކޮށްފައިވާތީ ނަޝީދު ވިދާޅުވީ އޭގެ އެސްޖީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ގާނާގެ ރައީސް ނާނާ އަކްފޯ-އަޑޯ އަށް ޝުކުރު އަދާކުރައްވައި ސީވީއެފްގެ ރައީސްކަމާ އަލަށް ހަވާލުވެވަޑައިގަންނަވާ ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާ އެކީ މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
Thank you President @NAkufoAddo for putting faith in me to be the new Secretary-General of @TheCVF. I’ll give it my best shot! Look forward to working with Prime Minister @miaamormottley as the incoming CVF president. pic.twitter.com/l0ZbBqnHxf
— Mohamed Nasheed (@MohamedNasheed) December 1, 2023
މޫސުމީ ބަދަލުތަކާއި ތިމާވެށީގެ އެކި މައްސަލަތަކަށް ވަކާލާތު ކުރަން އުފެއްދި ސީވީއެފަކީ ރާއްޖެ ވެސް އިސްކޮށް އޮވެގެން އަދި ނަޝީދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު 2009 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.
އޭގެ މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރަ އެވެ. އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.