Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ-

ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ ދައުރުގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވަނީ 10:00 ގައެވެ. ވޯޓުލުން ހަވީރު 04:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތުގެ ކުރިން ވޯޓްލާ ނިމުނުކަމުގައިވިޔަސް، ވޯޓް ފޮށި ހުޅުވާ ގުނަންފަށާނީ 4:00 ގެ ފަހުން ކަމަށް ޑިމޮކްރެޓްސްއިން މައުލޫމާތުދެއެވެ.

މި އިންތިހާބުގައި މާލެއާ މުޅި ރާއްޖެ ހިމެނޭހެން މާލޭގައި ބަހައްޓާ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ބިލަބޮންގް ސްކޫލު ހޯލުގައެވެ.

މި އެތެރޭގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރާނެއެވެ. ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މީގެއިތުރުން މި އެތެރޭގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޒުވާނުންގެ ނައިބުރައީސްގެ މަގާމަށް، ޒުވާނުންގެ ނައިބުރައީސްގެ އަންހެނުންގެ ހާއްސަ މަގާމަށް، ވިމެން ޑިމޮކްރެޓްސްގެ ލީޑަރ، ޔަންގް ޑިމޮކްރެޓްސް ލީޑަރ، ޕާޓީގެ އަތޮޅު ރައީސް، އަތޮޅު ނައިބުރައީސް، ސިޓީ ރައީސް، ސިޓީ ނައިބުރައީސް އަދި ދާއިރާ ރައީސްގެ މަގާމަށް މީހުން ހޮވާނެއެވެ.