Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

އައްޑޫސިޓީ ހިތަދޫ / ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީގައި ހިނގި މާރާމާރިއެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރިއެއް ހިނގާފައިވާކަމަށް ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމު ކޮށްލާފައިވެއެވެ. ފުލުހުން ބުނެފައިވަނީ ޒަހަމު ކޮށްލާފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާއަށް އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.