Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

އީވާ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ މަސައްކަތް ފަށާ މިއަދު މަޖިލީހުގެ ޖަލްސާ ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ޖަލްސާގައި އިވާ ވަނީ އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ވާހަކަ ދައްކަވާ ނިންމަވާލައްވަމުން އީވާ ވަނީ ނައިބުރައިސްގެ މަގާމުން އިސްތިއުފާ ދެއްވާ ސިޓީ ހުށަހަޅުއްވާނެކަން ހާމަކުރައްވާފައެވެ. އަދި އީވާ ވާހަކަ ނިންމަވާލެއްވި ހިސާބުން، އީވާގެ އިސްތިއުފާގެ ސިޓީވަނީ އިދާރީ މޭޒާ ހަވާލުކުރައްވާފައެވެ.

އީވާގެ އިސްތިއުފާ ސިޓީ ލިބުމުން ރިޔާސަތުން ވަނީ އީވާގެ އިސްތިއުފާ ސިޓީ އިއުލާނު ކުރައްވާފައެވެ. އަދި އެއާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިސްތިއުފާގެ ސިޓީ ބަލައިގަތުމުން އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާނަގާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. އެހެންނަމަވެސް ރިޔާސަތުގައި އިންނެވި މުހައްމަދު އަސްލަމް ވަނީ އިތުރަށް އެކަން ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލައްވާފައެވެ.

އަސްލަމް ވިދާޅުވީ ނައިބުރައީސްއެއް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ 08:30 ގައި ބާއްވާނެކަމަށެވެ.