Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

މަޖިލީހަށް ނައިބު ރައީސަކު ހޮވުން މިރޭ

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ނައިބުރައީސްއެއް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ ނައިބުރައިސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ޖެހުނީ އެ މަގާމުގައި ހުންނެވި މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

އީވާ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި ޖަލްސާގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް ލިބުނު ފުުރުސަތުގައި ވާހަކަވެސް ދެއްކެވުމަށްފަހުއެވެ.

އީވާ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އަސްލަމް ވިދާޅުވީ ނައިބުރައިސް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ 08:30 ގައި ބާއްވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން މެންބަރު ހިސާން ހުސައިން އަދި މެންބަރު ރޮޒައިނާ އާދަމް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.