Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ޖާބިރާއި ޝިޔާން ވިޕާ ހިލާފުވުމުން ފިޔަވަޅު އަޅަނީ

މެންބަރު އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އިންތިހާބު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފިއެވެ.

އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މެންބަރުންގެ މައްސަލަ އެމްޑީޕީއަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ނައިބުރައީސް ހޮވުމުގެ މައްސަލައިގައި އެމްޑިޕީން ނިންމާފައި އޮތީ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ނައިބުރައީސްގެ މަގާމަށް ކުރިމަތިލުމަށެވެ.

އެހެންނަމަވެސް ސަލީމަށް ވޯޓުދޭން ނެރެފައިވާ ވިޕާ ހިލާފަށް މެންބަރު ޖާބިރުގެ ނަން ނައިބުރައީސް ކަމަށް ހުށަހެޅުއްވާފައިވެއެވެ. އެހެންނަމަވެސް މަޖިލީހުގެ ނައިބުރައީސް ކަމަށް އިންތިހާބު ވެފައިވަނީ ސަލީމެވެ.

އިންތިހާބުގައި ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އަދި މެންބަރު ސަލީމަށް 51 ވޯޓު ލިބުނެވެ.