Last Updated: April 19, 17:48
Saturday, April 19, 2025
ޚަބަރު

ކުއްޖާ އެއްލާލި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ވިހެއުމަށްފަހު ކޮތަޅަކަށްލާ ކުނިގޮނޑަށް ތުއްތުކުއްޖެއް އެއްލާލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވަނީ އިއްޔެ ހެނދުނުއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ސްރީލަންކާ އަންހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން މާލެ އައިސް ސްރީލަންކާއަށް ފުރުމަށް ގޮސް ހުއްޓައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އޭނާގެ ބަންދު ޖެހުމަށް މިއަދު ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ނިޔާވެފައެވެ.