ސްކޫލަށްދާ ދަރިވަރުންނާއި ބެލެނިވެރިންނަށް ފަސޭހަވާނެހެން ހުޅުމާލޭގެ ރެހެންދި ސްކޫލުގެ ބޭރުގައި ހިޔަލެއް އާބަންކޯގެ ސީއެސްއާރުގެ ދަށުން އެކުންފުނިން ހަދަން ފަށައިފިއެވެ.
ރެހެންދީ ސްކޫލްގެ އެދުމުގެ މަތިން ކުރިއަށް ގެންދާ މިމަސައްކަތަކީ ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑޮކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރުމަށް ކުރެވޭ މަސައްކަތެކެވެ. މިގޮތުން ޤާއިމު ކުރެވޭ ކެނޮޕީގެ ސަބަބުން ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް މޫސުން ގޯސްވާ ދުވަސްތަކުގައި ހޫނު ގަދަ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިވެގެންދާ ކަމަށް އާބަންކޯއިން ބުނެއެވެ.
At the request of @RehendhiSchool, we have undertaken the initiative to construct a shelter, recognising the need to enhance parents' comfort during adverse weather conditions for smoother pick-up and drop-off experiences.#SupportingCommunities #WithUrbanco pic.twitter.com/2qaSDDlBYL
— Urbanco (@hdcmaldives) December 4, 2023
އާބަންކޯގެ ފަރާތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އެކި އޮފީސް އަދި ސަރުކާރު ވުޒާރާތަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އަބަދުވެސް ސީ.އެސް.އާރްގެ ދަށުން ކުރަމުންދާ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ. މިގޮތުން، މިފަދަ ކަންކަން ކުރުމުގައި ހުޅުމާލޭގައި ހުންނަ ސްކޫލުތަކަށް އަބަދުވެސް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ކުރެވިފައިވާކަން އެކުންފުނިން ފާހަގަ ކުރެއެވެ.
މީގެ އިތުރުން އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ ގޮތުގައި އާބަންކޯ މަސައްކަތް ކުރަމުންދާއިރު، އެކުންފުނީގެ ޚިދުމަތްތަކުގެ އިތުރުން ހުޅުމާލޭގައި ޤާއިމު ކުރެވިފައިވާ ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ ވިޔަފާރިތަކަށް ވެސް ހުރި އުނދަގޫތައް ބަލާ، ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުންފުނިން ކުރަމުންދާކަން އެފަރާތުން ފާހަގަ ކުރެއެވެ.