Last Updated: September 19, 20:48
Thursday, September 19, 2024
ސިއްހަތު

ބްލޫބެރީ ޕައި

* ބޭނުންވާ ތަކެތި:

3 ޖޯޑް ބްލޫބެރީޒް (ފިނިކޮށްފައި)

1 ސައިސަމުސާ ކޯންސްޓާޗް

1/4 ސައިސަމުސާ ފޮނިތޮށި

2/3 ޖޯޑް ފެން

2 ސައިސަމުސާ ލުނބޯ ހުތް

1/3 ޖޯޑް ހަކުރު

1/4 ސައިސަމުސާ ލޮނު

ފިހެފައި އޮތް ޕައި ކްރަސްޓެއް (ރެޑީމޭޑް ޕައި ކްރަސްޓް ބާޒާރުން ގަންނަން ލިބޭނެ)

iStock_000015960774Small

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޓެއްގެ ތެރެއަށް ބްލޫބެރީޒް އާއި ކޯންސްޓާޗް، ލޮނު، ހަކުރު އަދި ފޮނިތޮށިކޮޅު އަޅާފައި އެއްކޮށް ރަނގަޅަށް މިކްސް ކުރާށެވެ.
ރަނގަޅަށް މިކްސްވެލީމާ އޭގެ ތެރެއަށް ފެނާއި ލުނބޯ ހުތް އަޅާފައި އަނެއްކާ ވެސް ރަނގަޅަށް މިކްސް ކުރާށެވެ.

ދެން މިކްސިންގަނޑު ރަނގަޅަށް ޕައިކްރަސްޓް ތެރޭގައި ރަނގަޅަށް ފަތުރާލާފައި އެއްގަޑި އިރު ވަންދެން އަވަނުގައި ފިހާށެވެ. ފިހާނީ 375 ޑިގްރީގަ އެވެ.

ފިހެ ނިންމާލުމަށް ފަހު، ފިނިވެލީމާ އައިސްއަލަމާރީގައި ދެ ގަޑިިއެއްހާ އިރު ވަންދަން ފިނިކޮށްގެން ސާވް ކުރާށެވެ.