Last Updated: April 19, 17:48
Saturday, April 19, 2025
ޚަބަރު

މަޖިލީހުގެ ދައުރު އަނެއްކާ ވެސް ދަންމާލަނީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންނަމާލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ މި ދައުރު އަނެއްކާވެސް ދަންމާލުމަށް ނިންމާފައިވާ ކަމަށާއި، އެކަމަށް މިއަދުގެ މަޖިލީހުގައި ވޯޓަށް އަހާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ބަޖެޓު ކޮމިޓީގެ މަސައްކަތް ނިންމާ ހިނގަމުންދާ މަޖިލީހުގެ ދައުރު ނިންމުމުގެ 7 ދުވަސް ކުރިން ބަޖެޓާ މެދު ގޮތެއް ނިންމުމަށް ހުށަހެޅުމަށް އޮންނަ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މި ހިނގާ ދައުރު ޑިސެމްބަރު 18 ގެ ނިޔަލަށް ދަންމާލުމަށް މިއަދު ވޯޓަށް އަހާނެ ކަމަށް ވިދާޅުވިއެވެ.

މީގެކުރިންވެސް ބަޖެޓް މަސައްކަތް ނުނިމޭތީ މަޖިލީހުގެ މި ދައުރުވަނީ ޑިސެމްބަރު 7 ގެ ނިޔަލަށް ދަންމާލާފައެވެ.