އައްޑޫގައި ތިބި ބަންގްލަދޭޝް މީހުންނަށް ހާއްސަކޮށްގެން މާދަމާ ރޭ ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.
މި ބައްދަލުވުމަކީ ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެސްއެމް އަބްދުލް ކަލާމް އާޒާދު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބާއްވާ ބައްދަލުވުމެވެ. އެގޮތުން އައްޑޫގައި ތިބި ބަންގްލަދޭޝް މީހުންނާ ސަފީރު ބައްދަލުކުރައްވަން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ ރޭ ޝަރަފުއްދީން ސްކޫލްގަ އެވެ.
އެހެންވެ ބައްދަލުވުމަށް މާދަރާ 7:30 އަށް އެ ސްކޫލަށް ހާޒިރުވާން އާންމުކޮށް ދައުވަތު ދީފައިވެ އެވެ. އައްޑު އަކީ ގިނަ އަދަދަކަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން އުޅެމުން އަންނަ ތަނެކެވެ.
ބަންގްލަދޭޝް ސަފީރު އައްޑު އަށް ވަޑައިގެންނެވީ ރޭގަ އެވެ. ގަން އެއާޕޯޓުން ސަފީރާއި ސަފީރުގެ ޓީމަށް މަރުހަބާ ވިދާޅުވީ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.