ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަން ފަށާފައިވަނީ ނ. މިލަދޫ / ގުމުރީގެ، އުމުރުން 30 އަހަރުގެ މުއްރަތު އަލީއެވެ.
ފުލުހުން ބުނެފައިވަނީ އޭނާގެ ހަބަރެއް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު އާއިލާއިން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ ޑިސެމްބަރު 3 ވަނަ ދުވަހު 17:00 އެހައިކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.