މާލެސިޓީ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މާލެސިޓޫ މޭޔަރު ކަމަށް އަދި ކައުްނސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަޏީ މިރޭ 08:30 ގައި އެމްޑީޕީ ސޯސަން ޖަގަހައިގައެވެ.
މާލެ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ މިޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާއަށް ދަޢުވަތު އަރުވަން.
7 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި
ސޯސަންޖަގަހަ ކުރިމަތި pic.twitter.com/2SaPMRUdTz— MDP Secretariat (@MDPSecretariat) December 6, 2023
މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް އަންނަނީ މާލޭގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި، މާލޭގެ ރައްޔިތުންނާ އަންނަނީ ބައްދަލުކުރައްވަމުންނެވެ.
ކުނިގަނޑެއް ގޮތުގައި އޮތް މާލެ މީހުން އަންނަހިތްވާ ދިރިއުޅޭހިތްވާ އަދި އުފަލުގައި ދިރި އުޅޭނެ ބަގީޗާއަކަށް ބަދަލުކޮއްލުމަަށް މާލޭ ސިޓީގެ މޭޔަރ ކަމަށް އާދަމް އާޒިމް.#AdamAzimForMayor pic.twitter.com/UrwqwTMVcE
— Adamazimformayor (@MayorAdamAzim) December 6, 2023
އާޒިމްގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި އާޒިމާ ޝުކޫރު، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުއެވެ.
މާލެސިޓީގެ މޭޔަރުގެ އިންތިހާބު އަދި ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ.