Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

ގެއްލުނު މީހާ ފެނިއްޖެ

ނ. މިލަދޫ / ގުމުރީގެ، މުއްރަތު އަލީ (30އ)-

ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަން މިއަދު އިއުލާންކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަން ފެށީ ނ. މިލަދޫ، ގުމުރީގެ، އުމުރުން މުއްރަތު އަލީ، 30، އެވެ. ފުލުހުން ބުނީ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ މުއްރަތުގެ ހަބަރެއް ހަބަރެއްނުވެ ގެއްލިފައިވާ އާއިލާ އިން ރިޕޯޓްކުރީ އިއްޔެ ކަމަށެވެ.

އެގޮތުން އޭނަ ހޯދަން މިއަދު އިއުލާންކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މުއްރަތު ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ވަނީ ހާޒިރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނަގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.