Last Updated: April 19, 17:48
Saturday, April 19, 2025
ޚަބަރު

ފުވައްމުލަކުގައި އެކްސިޑެންޓެއް، ކުޑަ ކުއްޖެއްގެ ހާލު ސީރިއަސް

ފުވައްމުލަކުގައި ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖަކު ފެނިގެން ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ފުވައްމުލަކުގައި ރޭ ދަންވަރު 03:40 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖެއް ފެނިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ސައިކަލަކާ އެކު ވެއްޓިފައި އޮށްވާ ފެނިފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ކުއްޖާގެ ހާލު ސީރިއަށް ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.