ހުޅުމާލާގެ ކަންކަން ބަލަހައްޓަމުން އަންނަ ކުންފުނި، އާބަންކޯއާ ގުޅޭ ގޮތުން ސީދާ މެނޭޖިން ޑިރެކްޓަކަށް ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފި އެވެ.
އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރަކީ ފަޒުލް ރަޝީދެވެ.
އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ސީދާ އާންމުންގެ ޝަކުވާ އާއި ސުވާލުތައް އެމްޑީ އަށް މިހާރު މެއިލް ކުރެވޭނެ ކަމަށެވެ. އެގޮތުން އެ މެއިލްތަކަށް ސީދާ އެމްޑީ ޖަވާބުދާރީވެ މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އީމެއިލް ކުރަން ޖެހޭނީ askmd@urbanco.mv އަށެވެ.
އާބަންކޯ އިން މިފަދަ އިންތިޒާމެއް ހަމަޖެއްސި މައިގަނޑު ސަބަބަކީ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައި ދިނީ ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްތައް ދިނުމުވެ.
"އެ ކުންފުނިން ބުނީ މިހާރު ވެސް ރައްޔިތުންނާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ އާބަންކޯގެ ހިންގުމަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް މި މެނޭޖްމަންޓުން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.