Last Updated: September 19, 20:48
Thursday, September 19, 2024
ރިޕޯޓް

ކިޑްނީ އާ ރައްޓެހި ފަސް ތަރުކާރީއެއް

ކިޑްނީގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި އާންމު ބަލިތަކެކެވެ. އެހެންވެ ކެއުމުގެ އާދަކަތުގެ ތެރެއަށް ރަނގަޅު ސިއްހީ އާދަތަކެއް ގެންނަން އެބަ ޖެހެ އެވެ.

ބަލިތަކުން ރައްކާތެރިވުމަށް، ސިއްހީ ގޮތުން ފައިދާ ހުރި ކާނާ ކެއުމަކީ ވަަރަށް މުހިއްމު ކަމެކެވެ.

އެގޮތުން ޑައިލިސިސް ހަދަން ޖެހިފައިވާ މީހުންނާއި ކްރޮނިކް ކިޑްނީ ޑިޒީސް (ސީކޭޑީ) ހުންނަ ފަރާތްތަކުން ވެސް ކެއުމަށް ހާއްސަ ސަމާލު ކަމެއްް ދޭން ޖެހިފަ އެވެ.

މި އާޓިކަލުގައި މި ގެނެސް ދެނީ ކިޑްނީ އާ ރައްޓެހި ފަސް ތަރުކާރީއަަކަށެވެ. ކެއުން އާދަކޮށްފި ނަމަ، ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ އެވެ.

* ކެބެޖް: ކެބެޖަކީ ދިވެހިންގެ ތެރޭގައި ވަރަށް ތަރުކާރީއެކެވެ. އެހެންވެ މި ތަރުކާރީ ކެއުމަށް އަބަދު ވެސް ހާއްސަ ސަމާލު ކަމެއް ދޭށެވެ. ކެބެޖަކީ ކިޑްނީގެ ބަލިތަކަށް ރަނގަޅު އެހީތެރިއެކެވެ.

Cut-Cabbage

ސަބަބަކީ އޭގައި އެކުލެވިފައިވާ މިންވަރު ދަށްވުމެވެ. އަދި މިއީ ފައިޓޮކެމިކަލްތަކުން ފުރިގެންވާ ތަރުކާރީއެކެވެ. އޭގެ ސަބަބުން ކެންސަރު ފަދަ ބަލިތަކާ ދެކޮޅަަށް ހަނގުރާމަކޮށް ދެ އެވެ.

ކެބެޖަކީ ގިނަ އަދަދަކަށް ވިޓަމިން ކޭ، ވިޓަމިން ސީ، ވިޓަމިން ބީ6، ފޮލިކް އެސިޑް އަދި ފައިބަރު އެކުލެވޭ ތަރުކާރީއެކެވެ.

* ރެޑް ބެލްޕެޕާސް: މިއީ ޕޮޓޭސިއަމް ހިމެނޭ މިންވަރު ވަރަށް ދަށް ތަރުކާރީއެކެވެ. ހަަމަ މިއާ އެކު ވިޓަމިން ސީ، ވިޓަމިން އޭ، ވިޓަމިން ބީ6 ގެ އިތުރުން ރެޑް ބެލްޕެޕާގައި ގިނަ އަދަދަކަށް ފޮލިކް އެސިޑް އަދި ފައިބަރު އެކުލެވެ އެވެ. އެހެންވެ ކެއުމުގެ ތެރޭގައި މި ބާވަތް ވެސް ހިމެނުން އާދަ ކުރާށެވެ.

1000-Sweet-Red

* ކޯލިފްލާވާ: މިއީ ވިޓަމިން ސީން މުއްސަނދިވެފައިވާ އަދި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ ތަރުކާރީއެކެވެ. ކިޑްނީގެ މައްސަލަތަކުން ސަލާމަތްވުމަށް ރަނގަޅު ތަރުކާރީއެކެވެ.

327186

* ލޮނުމެދު: މިއީ ދިވެހިންގެ ކެއުންތައް އެއާ ނުލައި ފުރިހަމަ ނުކުރެވޭނެ އެއް ބާވަތެވެ. ހާއްސަކޮށް ތަފާތު ބާވަތްތަކުގެ ރިހަ، ލޮނުމެދާ ނުލައި ކެއްކޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންވެ ދިވެހިންނާ ވަރަށް ރައްޓެހި މި ތަރުކާރީއަކީ ވެސް ކިޑްނީގެ މައްސަލަތަކަށް އޮތް ހައްލެކެވެ.

garlic-with-parsley-fb

މީގެ ފައިދާ ބޮޑުކަމުން ލޮނުމަދު އާންމުކޮށް ސިފަކޮށްފައި ވަނީ ގުދުރަތުގެ "ވޮންޑަ ޑްރަގް" ގެ ގޮތުގަ އެވެ. ލޮނުމަދަކީ އެތައް ގޮތަކުން ފައިދާ ލިއްބައިދޭ ބާވަތަކެވެ. މިއީ ކޮލެސްޓްރޯލްގެ މައްސަލަތަކަށް އޮތް ޝިފާއެކެވެ.

* ފިޔާ: ލޮނުމެދަކޭ އެއްްގޮތަށް ފިޔާއަކީ ވެސް ދިވެހިންނާ ވަރަށް ރައްޓެހި ތަރުކާރީއެކެވެ. ކެއުމުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް އާންމުކޮށް ބޭނުން ކުރެވޭ ބާވަތެކެވެ. އެކަން ދޫކޮށް ނުލާށެވެ.

ބައެއް މީހުން ފިޔަ އާއި ލޮނުމެދުގެ ވަސް ގަދަކަމުން އެ ކެއުމަށް ފަސް ޖެހެ އެވެ. ސަބަބަކީ އެ ދެ ބާވަތް ކައިފި ނަމަ އަނގައިން ވަސް ދުވާލެއް ބޮޑުވުމެވެ.

Fresh-Onions

އެކަމަކު މިއީ އެ ސަބަބާ ހުރެ ދޫކޮށްލާ ވަރުގެ ބާވަތެއް ނޫނެވެ. ޕޮޓޭސިއަމް ވަރަށް މަދުން އެކުލެވޭ ފިޔައަކީ ކްރޯމިއަމް އިން ފުރިބާރުވެފައިވާ ބާވަތަކެވެ.