ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި އިންސާނީ ހައްގުތަކަށް ހޭލުންތެރިކަން އުފެއްދުމާއި އެ ދާއިރާ އިން މަސައްކަތްތައް ކުރުމަށް ސްކޫލްތަކުގައި އުފައްދާފައިވާ ހިއުމަން ރައިޓްސް ކުލަބްތަކުގެ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސްގެ ކުލަބްގެ މަގާމު އައްޑި ހައި ސްކޫލަށް ލިބިއްޖެ އެވެ.
ހިތަދޫގައި ހުންނަ މި ސްކޫލަކީ އައްޑޫގައި އޭ ލެވެލް އަށް ކިޔަވައި ދެމުން އަންނަ ސްކޫލެވެ.
އެ ސްކޫލްގެ ހިއުމަން ރައިޓްސް ކުލަބަށް އެންމެ އެކްޓިކް ހިއުމަން ރައިޓްސް ކުލަބްގެ މަގާމު ލިބުނީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރްސީއެމް) އާއި ޔޫއެން މޯލްޑިވްސް ގުޅިގެން ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.
އެގޮތުން އިފުތިތާހުކުރި ފޮޓޯ މައުރަޒެއްގެ ތެރޭގައ ވަނީ އައްޑޫ ހައި ސްކޫލަށް ވަނީ އެވޯޑް ވެސް ހަވާލުކޮށްފަ އެވެ.
އެ ފޮޓޯ މައުޒަރުގައި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް ލިބިފައި ވަނީ ރެހެންދި ސްކޫލްގެ ދަރިވަރެއް ކަމަށްވާ އާލާ އަބްދުالله ސޯލިހަށެވެ.
މޯސްޓް އެކްޓިވްސް ހިއުމަން ރައިޓްސް ކުލަބް އެވޯޑާއި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑަކީ މި އަހަރަށް އަލަށް ދިން އެވޯޑެވެ. މި އެވޯޑްތަކަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ކްލަބްތަކުންނާއި ކްލަބްތަކުގެ ދަރިވަރުންކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެފަދަ ހަރަކާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފުކުރި އެވޯޑްތަކެވެ.
އިއްޔެ ހުޅުވި "ލެންސް އޮން ހިއުމަނިޓީސް ޖާނީ" ފޮޓޯ މައުރަޒު އެގްޒިބިޝަން ކުރިއަށް ދަނީ އެސްއެމްސީ ހަބްގަ އެވެ. އެ މައުރަޒަށް ހާއްސަކޮށްފައިވާ ތީމަކީ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އެވެ. މި މައުރަޒު މި މަހުގެ 18 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މި މައުރަޒަކީ އިންސާނީ ހައްގުތަކުގެ އާންމު ޤަރާރު އދ. ގެ އާންމު މަޖިލީހުން ފާސްކޮށް އެ ޖަމާއަުތުގެ މެންބަރު ގައުމުތަކުން ޢަމަލުކުރަން ފެށިތާ 75 އަހަރު ފުރުމާއި، އެޗްއާރްސީއެމް އުފެއްދިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ އިވެންޓެކެވެ.