Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

10 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ

ހުކުރު ހުތުބާ ދެމުންދަނީ- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރި ޝަހީމް މިކަން ހާމަކުރައްވާފައިވަނީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޝަހީމް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި އިމާމުން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންކަމުން ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10 ،11 ،12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މީގެކުރިން މިނިސްޓަރު ޝަހީމް ވަނީ އިމާމުންނަށްވެސް ތައުލީމީ ގޮތުން ކުރިއެރުމަށް އެކި ފުރުސަތުތައް ފަހިކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ.