Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ގާޒީ ވަކިކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 46 މެންބަރުންނެވެ. މެޖިސްޓްރޭޓް ވަކިކުރުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދީފައިވެއެވެ.

އަލީ އާދަމް މެޖިސްޓްރޭޓް ކަމުން ވަކިކުރަން ނިންމީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަން ޖޭއެސްސީގެ ތަހުގީގަށް ސާބިތުވުުމުންނެވެ. މި މައްސަލައިގައި ޖަވާބު ދާރީވުމަށް ދިން ފުރުސަތުގައި މެޖިސްޓްރޭޓް މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ.

މީގެއިތުރުންވެސް މެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭ އިތުރު މައްސަލަތަކެއް ޖޭއެސްސީއިން ބަލާފައިވެއެވެ.