މާލީ ވަޒީރަށް ލަފާ ދިނުމަށް ވަޒީރު ފެންވަރުގައި ދެ ބޭފުޅަކު، ރައީސުލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މާލީ ވަޒީރަށް ލަފާ ދިނުމަށް، ރައީސް އައްޔަން ކުރައްވާފައިވަނީ މި ދައިރާގެ ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. މި ދެބޭފުޅުންނަށް މަޤާމުފެ ފަތްކޮޅު މިއަދު ރައީސް ވަނީ އަރުއްވާފައެވެ. އެއީ
1. އަޙްމަދު ނަޞީރު، މުސްތަރީގެ، ކ. މާފުށި
2. އަޙްމަދު މުނައްވަރު، ދަފްތަރު ނަންބަރު ރސ 99031
މީގެ ތެރެއިން އަހުމަދު ނަސީރަކީ 2017 ވަނަ އަހަރު އޯގަސްޓް މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައި މަހާއި ހަމައަށް އެމްއެމްއޭގެ ގަވަނަރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އަދި އަހުމަދު މުނައްވަރަކީ 2016 ވަނަ ޖޫން މަހު 22 ފެށިގެން އޭރު ރައީސް ޔަމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.
މި ދެ ބޭފުޅުން ވަޒީރުންގެ ފެންވަރުގައި އައްޔަން ކުރެވުނުއިރު، މައިގަނޑު މަސައްކަތަކީ މިހާރުގެ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤްއަށް ލަފާ އެރުވުމެވެ.