މާލެސިޓީ މޭޔަރު ކަމަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން އާޒިމާ ޝުކޫރު ފޯމު ހުށަހަޅުއްވައިފިއެވެ.
ޕީޕީއެމް-ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރާނެ ކެންޑިޑޭޓަކަށް ކުރިމަތިލާން ހުޅުވާލި ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތި ލެއްވީ އާޒިމާ އެކަންޏެވެ. އާޒިމާ މިއަދު ވަނީ މޭޔަރުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު އީސީއަށް ހުށަހަޅުއްވާފައެވެ.
މާލޭގެ މޭޔަރ ކަމަށް ކުރިމަތި ލައްވާފައިވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، އިލެކްޝަން ކޮމިޝަން އަށް ފޯމް ހުށައަޅުއްވައިފި#IthubaaruMaalimeeEh#MayorAzima pic.twitter.com/EyFAlzDZxa
— Azima Mayor (@AzimaforMayor) December 12, 2023
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.
މިއަދު ވަނީ އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމްވެސް ފޯމު އީސީއަށް ހުށަހަޅުއްވާފައެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމް، ޕީއެންސީގެ ޓިކެޓުގައި އާޒިމާ ޝޫކޫރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުއެވެ.
މާލެސިޓީގެ މޭޔަރުގެ އިންތިހާބު އަދި ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ.