ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އަހުމަދު ނިހާން ހުސައިން މަނިކު އިންތިހާބުކޮށްފި އެވެ.
ނިހާން ޑެޕިއުޓީ ލީޑަރަކަށް އިންތިހާބުވީ ޖޭޕީން ބޭއްވި އެތެރޭގެ އިންތިހާބުގައި ވާދަކޮށެވެ. އޭނައާ އެކީ ތިން ބޭފުޅަކު އެ މަގާމަށް ވާދަކުރެއްވި އެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި އިގުބާލު އާދަމް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނަ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފެވެ.
މަޖިލީހުގެ މެންބަރުލަން ވެސް ކުރެއްވި ނިހާނަކީ ކުރިން ޕީޕީއެމްގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.